ފުވައްމުލަކު ސިޓީގައި ރޭ ދަންވަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.
މި މާރާމާރީގެ މައުލޫމާތު ހާމަ ކުރަމުން، ފުލުހުން ބުނީ ރޭ ދަންވަރު 00:30 ހާއިރު ފުވައްމުލަކު ސިޓީގައި ހިނގި މާރާމާރީއެއްގައި 36 އަހަރު ދިވެހި ފިރިހެނަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ދެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޒަހަމްކޮށްލި މީހާއަށް ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލުގައެވެ. އޭނާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.