އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން އަތޮޅު ތެރޭގައި ރަސްމީކޮށް ފެށުމަށް ށ. އަތޮޅަށް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
އެމްޑީޕީން ބުނީ، ކެމްޕެއިން ހަރަކާތް ފެށުމަށްޓަކައި ށ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވާފައިވާ ކަމަށެވެ. މި ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫ އާއި މަރޮށްޓާއި ނޫމަރާ އަދި ފޯކައިދޫ އަށް، އެ މަނިކުފާނު ވަޑައިގަންނަވާނެ ކަމަށްވެސް މައުލޫމާތުދެއެވެ.
ށ. އަތޮޅުގައި ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބާއްވާ ޖަލްސާ އޮންނާނީ ފޯކައިދޫގައެވެ. ރައީީސް ފޯކައިދޫއަށް ވަޑައިގެން، އެ ރަށުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ބަނދަރު އަދި ފުޓްބޯޅަ ދަނޑު ހުޅުއްވައި ދެއްވާނެއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ރައީީސް ސޯލިހު ކެމްޕެއިން ފައްޓަވައިފައިވާއިރު، މި އިންތިހާބުގައި އެމަނިކުފާނާ ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ވަނީ ކެމްޕެއިން ފައްޓަވައިފައެވެ.
