ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ވަކިވެ، އެޕާޓީގެ އިސް މެމްބަރުންތަކެއް އުފެއްދި ”ދަ ޑިމޮކްރެޓްސް“ގެ ޖަގަހަ މިރޭ ހުޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެ ޕާޓީގެ ޖަގަހަ އަކީ، އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ހަރުގެއެވެ.
ޑިމޮކްރެޓްސްއިން ބުނީ، މިރޭ އެ ޕާޓީގެ ހަރުގެ ”ހައުސް އޮފް ޑިމޮކްރެޓްސް“ ހުޅުވައި ދެއްވާނީ އެމްޑީޕީގެ ކުރީގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ބާނީ، ރައީީސް މުހައްމަދު ނަޝީދު ކަމަށެވެ.
އަދި މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަ ވެސް ދައްކަވާނެ ކަމަށް ވެސް މައުލޫމާތު ދެއެވެ.
