ރާއްޖޭގެ ބައެއް ރަށްތަކަށް މިއަދު އުދަ އަރާފާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާ ކުރައްވައިފިއެވެ.
މެޓް އޮފީހުން ބުނީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރިޔަސ، މިއަދު ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
ނަމަވެސް ރާޅުގެ އުސްމިން 2-4 ފޫޓަށް އުފުލޭނެ ކަމަށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށް ލަފާ ކޮށްފައިވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަަމަށްވެސް ވަނީ މެޓް އިން ލަފާކޮށްފައެވެ.
