ކޯލިޝަންގެ މެންބަރުންގެ އަދަދު 90,000 އަށް އިތުރު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެށުމުގެ ގޮތުން މިހާރު އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ.މަރޮށްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަނެއްކާވެސް އެމްޑީޕީން ނުކުންނަނީ ކޯލިޝަނަކާއެކު ކަމަށެވެ.
އެ ކޯލިޝަނުގައި އެމްޑީއޭއާއި އަދާލަތު ޕާޓީ ހިމެނޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއީ ކޯލިޝަނަކާއެކު ނުކުންނަ އެންމެ މެންބަރުން ގިނަ ފަހަރު ކަމަށެވެ.
ރައީސް އިއްޔެ ވިދާޅުވީ ކޯލިޝަންގައި 77,000 އަށްވުރެ ގިނަ މެމްބަރުން އެބަ ތިބި ކަމަށެވެ.
މިއަދު ވިދާޅުވީ ސެޕްޓެމްބަރު އަންނަ އިރު އެ އަދަދު 90000 އަށް މައްޗަށް ޖައްސައިލުން ކަމަށެވެ.

ޚޯލިޗަންގެ މެމްބަރުންގެ އަދަދު ހަތަރު ލައްކަޔަށްއެރިޔަސް އބުރާހިމް މުހައްމަދު ސާލިހަށް ބޮޑުތަނުން ނޫނެކޭބުނެ ވޯޓްދޭނީ ގިނަވެގެން ފަނަތިވަރަކައް ހާސް މެމްބަރުންމިފަހަރު ފެެިލްވެގެން ގެއްއްކަޑާލަންޖެހޭނީމަދަދުވެރި އިންޑިޔާ މީހުންވެސް މަފަހަތު ބުނާނީ ނޯނޯނޯއޭ