ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ށ.ފޯކައިދޫގެ ފުޓުބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
އިއްޔެ ހަވީރު ފޯކައިދޫގެ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވީ ރައީސް ށ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ފުޓުބޯޅަ ދަނޑު ހުޅުއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި، ފޮރިން މިނިސްޓަރު ޝާހިދާއި، ހޯމް މިނިސްޓަރު ޝައިޚް އިމްރާންގެ އިތުރުން، ބައެއް މަޖިލިސް މެންބަރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.
މި ދަނޑުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު 10 ވަނަ ދުވަހުއެވެ. ދަނޑުގެ މަސައްކަތްތަކުގެ ތެރޭގައި ސަބްބޭސް، ޓާރފް އިންސްޓޮލޭޝަން، ރޮސްޓްރަމް ތަރައްގީކުރުމުގެ މަސައްކަތުގެ އިތުރުން ލައިޓިންގ ސިސްޓަމްގެ މަސައްކަތް ހިމެނެއެވެ.
