ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން އަތޮޅު ތެރޭގައި ރަސްމީކޮށް ފެށުމަށް ށ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

Ads by Asuru

ށ. އަތޮޅަށް ކުރެއްވި މިކެމްޕޭން ދަތުރު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހު އެނބުރި މާލެ ވަޑައިގެންނެވީ ރޭ މެންދަމުގެ ވަގުތެއްގައެވެ.

ރައީސްގެ ކެމްޕެއިނުގައި ކޮންމެ ރަށަކަށް ވެސް ގިނަ ވައުދުތައް ވެވަޑައިގެންނެވިއެވެ.

ރައީސް ސޯލިހު ރަށްރަށުގައި ދެއްކެވި ވާހަކަފުޅުގައި އަމާންކަމާއި އުފާވެރިކަން ބޭނުންވާނަމަ، އެމަނިކުފާނަށް ވޯޓު ދިނުމަށް އެދިވަޑައިގެންނެވިއެވެ. ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް މިހާރު އަންނަމުންދާ ތަރައްގީ ދެމެހެއްޓޭނީ އެމަނިކުފާނަށް ވެރިކަމުގެ އިތުރު ދައުރެއް ލިބިގެން ކަމަށެވެ.