ރައްޔިތުންގެ މަޖިލީހުގެ ކަންކަމަށް ދިވެހި ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯހަށް އޮންނަ އިހުތިޔާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެ މަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކަންކަމަށް ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ބެހުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

އަދި މަޖިލީހަށް ސިފައިން ވެއްދުމާއި ނުވެއްދުމަކީ މަޖިލީހުގެ ރައީސަށް އޮންނަ އިހުތިޔާރުތަކެއް ކަމަށް ނަޝީދުގެ ޓްވީޓްގައި ބުނެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކަންކަމަށް ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ރައީސަށް އޮންނަ އިހުތިޔާރެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އޮންނަ އިހުތިޔާރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވާއިރު، މަޖިލީހުގެ ރައީސް ނަޝީދާއި ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި ފައި ވާތީ މަޖިލިސް ކުރިއަށް ގެންދިއުމަށް އެ ދެބޭފުޅުން ވަނީ އުޒުރުވެރިވެލައްވާފައެވެ.