އެމަނިކުފާނު ރާއްޖޭގެ ވެރިކަމުގައި ހުންނަވާތާ، 10 އަހަރު ވަނީ ކަމަށް ރައީީސް އިބްރާހީމް މުހައްމަދު ސޯލިހަށް އޮޅިވަޑައިގެން ވިދާޅުވެވިއްޖެއެވެ.
ރައީސް ސޯލިހަށް މިހެން ވިދާޅުވެވުނީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ފެއްޓެވުމަށް ށ.އަތޮޅަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅެއްގައެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ 2018 ވަނަ އަހަރުން ފެށިގެން 10 އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތް ކުރެއްވިއްޖެކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު، ދެން ވެސް ތަކުރާރުކޮށް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މި ހިނގާ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ދެގުނަ ކުރާ މަންޒަރު ފެންނާނެ ކަމަށެވެ.
”2018 އިން ފެށިގެން ދިހަ އަހަރުން، އަޅުގަނޑުމެން ވެރިކަމާ ހަވާލުވި ފަހުން މި ހިނގާ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ދެގުނަކުރުން އިރާދަކުރެއްވިއްޔާ އެ މަންޒަރު ތިބޭފުޅުންނަށް ފެނިގެންދާނެ،“ ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވާ ވީޑިއޯ، މީީސްމީޑިއާގައި ވައިރަލް ވެފައިވާއިރު، ގިނަ ބަޔަކު އަންނަނީ ފާޑު ވެސް ކިޔަމުންނެވެ.

ބޯހަމަ ޖެހޭގޮލައެއް ނޫހެން ހީވަނީކީވެސް ނޫން ޔަގީން ވަނީ . ހުވަފެނުން 10 އަހަރުގެ ދައުރެއް ފުރިހަމަ ކުރީތީ. ފެންނަނީތޯއްޗެ . ރައްޔިތުން ވެސް ވިސްނަށް ޖެހޭ މިވަރު މީހަކަށް ވޯޓް ދޭއިރު . ހިޔާލީފޮލާކައްކާރައީސެއް ރައްޔިތުން ލައްވަ ހިޔާލީފޮލާ ކައްކުވާރައީސަކަށް ނޫނެކޭ ބުނަން .
ހިތާމަކުރަން ރައީސް
ވެރިކަންކުރެވުނު ދައުރު ނޭގުނީމަ ލަދުން ބޯހަލާކު. އަދިވެސް ތިއުޅެނީ ތިވަރުން ވެސް ވެރިކަމުގަ ބަގުޑި ބައްދަން ރައްޔިތުން މިވަރުގެ ވެރިއަކަށް ވޯޓް ދޭކަށް ނުވާނެ. މިހެންވީމަތާ ނޭވާހޮޅިން ވައްކަން ކުރެވުނުކަންވެސް ނޭގެނީ
ބޯޯގޯސް ކަމަކުނުދޭ ޗޯރު