އައްޑޫ ސިޓީ ހުޅުދޫގައި މޫދަށް ދިޔަ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ އުމުރުން 78 އަހަރުގެ މި އަންހެން މީހާ ހޯދަމުން ދަނިކޮށް ފެނުނީ މިއަދު 11:48 ކަމަށެވެ.
މި މީހާ މަރުވެފައި އޮތީ ހުޅުދޫ ކަނޑޫއެޅެ ސަރަހައްދުގައެވެ.
އޭނާ މޫދުން ނަގައިގެން ހުޅުދޫ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ކޮންމެ ތަނެއްގަ ކޮންމެ މީހެއްގެ ކައިރީގަ ހުއްޓަސް ވަގުތު ޖެހުނީމަ މަރވާނެ އެކަމަކަށް މީހެއްގެ ބާރެއް ނޯންނާނެ އެކަމަކު މި އުމުރުގެ މީހުން މޫދަށްދާއިރު ވާނުވާ ބަލަން މީހަކު އެކުގައި ދިއުން ރަގަޅު