ގައުމާއި ދީނަށް އެންމެ ބޮޑު ހިދުމަތެއް ލިބޭނެ ކަމަށް ފެންނަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ކަމަށް އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ.މުޙައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
އިޔާޒު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
”2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ގައުމާއި ދީނަށް އެންމެބޮޑު ހިދުމަތެއް ލިބޭނެކަމަށް ފެންނަނީ ރައީސް ސޯލިހުގެ ފަރާތުން“
މީގެ އިތުރުން އިޔާޒު ވަނީ މިހާތަނަށް ފެނުނު އެންމެ އިޚުލާސްތެރި އަދި ރައްޔިތުންނާ ގުޅޭ ނާއިބު ރައީސަކީ ފައިސަލް ނަސީމް ކަމަށް ވެސް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، އުއްމީދަކީ އަދި ދުއާއަކީ ކުރިޔަށް އޮތް ފަސް އަހަރު ވެސް އެމަނިކުފާނު އެ މަގާމުގައި ދެމިހުންނެވުން ކަމަށެވެ.

ޢިޔާޒޫ އެއީ އަނެއްކާ ކޮންދީނަކަށް ހަމަ ޔަގީން އިސްލާމްދީނަކަށް ފައިދާއެއް ނުކުރާނެ ޗޯރު ހުރެގެނެއް