ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރަސްމީ އޮފީސް އެހެން އިމާރާތަކަށް ބަދަލުކޮށްފިއެވެ.
ކުރިން ސޯސަން މަގުގައި ހުންނަ ހ. ޝަރާޝާގައި ހިންގަމުން އައި ޕާޓީގެ އޮފީސް ބަދަލުކޮށްފައި ވަނީ ލިލީމަގުގައި ހުންނަ ގ. ނިއުޝާގެ ދެވަނަ ފަންގިފިލާއަށެވެ.
އެމްޑީޕީން ބުނީ ޕާޓީގެ ރަސްމީ އޮފީސް ބަދަލު ވިޔަސް، ކުރިން ބޭނުން ކުރަމުން އައި އޮފީސް ވެސް ބޭނުން ކުރަމުން ގެންދާނެ ކަމަށެވެ.
