މާލެ ސިޓީ ރައްޔިތުންގެ މި އަހަރު ދެވަނަ ބައްދަލުވުން ޖުލައި 31 ގައި ބޭއްވުމަށް މާލެ ސިޓީކައުންސިލުން ނިންމައިފިއެވެ.
ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ކައުންސިލްތަކުން އަހަރަކު ދެ ފަހަރު ރައްޔިތުންގެ ބައްދަލްވުން ބާއްވަންޖެހެއެވެ.
ރައްޔިތުންގެ ބައްދަލުވުން މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ނިންމީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެ ވޯޓު ދެއްވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ ބައްދަލުވުމުގެ ބޭނުމަކީ ރައްޔިތުންނާ ކައުންސިލާއި އޮންނަ ގުޅުން ބަދަހިކުރުމާއި އެކު މުޅި މާލެ ސިޓީ ތަމްސީލްވާނެހެން މާލޭގެ ކޮންމެ އަވަށަކަށްވެސް ނިސްބަތްވާ ރައްޔިތުންނާއި އެކު ބައްދަލުވުން ކުރިއަށް ގެންދިއުމެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ކުރިއަށް އޮތް ރައްޔިތުންގެ ބައްދަލުވުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީގެ ކުރިން ބޭއްވި ބައްދަލުވުން ގޮތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ކަންކަން ހިއްސާކުރުމުގެ ފުރުސަތު ހުލުވާލައިގެން ކަމަށެވެ.
