ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް މިހާރު ހިނގަމުންދަނީ އިންސާފާއި، ހަމަހަމަކަމާއި އެކުގައި ކަމަށް ޤަބޫލު ކުރާނެ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ ރ. ފުއްގިރި ކުއްޔަށް ދިނުމުގައި މުޢާމާލާއި ގުޅިގެން އަޙްމަދު ކްރިކް ރިޒާ އަށް ކުރާ ދައުވާ އަނބުރާ ފޮނުވާލަން ކްރިމިނަލް ކޯޓުން އިއްޔެ ނިންމައި، ކުރީގެ ރައީސް ޔާމީންގެ ދައުވާތަކުގެ ޝަރީއަތް ތާވަލް ކުރުމުންނެވެ.

މިކަމާ ގުޅިގެން އުޝާމް ވިދާޅުވީ ކޮންމެ މީހަކާއި މެދުވެސް ޢަމަލު ކުރެވެން ވާނީ އަދުލުވެރިކަމާއި އިންސާފާއިއެކުގައި ކަމަށެވެ.

މިއަދު ރައީސް ޔާމީންގެ މައްޗަށް ހިންގަމުންދާ ޝަރީޢަތަށް ބަލާއިރު، ފެނިގެން ދަނީ ވަރަށް ނާއިންސާފުން، ޝަރީޢަތް ކުރެވިގެންދާތަން ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.