އަދާލަތު ޕާޓީގެ އިސް މެމްބަރަކު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) އާ ގުޅިވަޑައިގެންފިއެވެ.

މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމު) ގެ ޕާޓީއާ ގުޅިވަޑައިގެންނެވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޝެއިހް އިލްޔާސް ޖަމާލެވެ.

އޭނާ ވިދާޅުވީ، މިހާތަނަށް ހުންނެވި އަދާލަތު ދޫކޮށްލައްވައި އިއްޔެ އެމްޑީއޭއާ ގުޅިވަޑައިގެންނެވީ ފުޅާ ދާއިރާއެއްގައި އިސްލާމް ދީނަށް ހިދުމަތް ކުރުމަށް އެ ޕާޓީގެ ދީނީ ކައުންސިލާ ހަވާލުވުމަށް ސިޔާމް މުހައްމަދު ދެއްވި ދައުވަތަކަށް ކަމަށެވެ.

ސިޔާމް ވަނީ އެ ދައުވަތު ގަބޫލުކުރައްވައި އިލްޔާސް ޖަމާލު އެމްޑީއޭއާ ގުޅިވަޑައިގަތުމަކީ ޕާޓީގެ މެމްބަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވެފައެވެ.