ވެރިކަން ކުރާ މައި ޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް، ލޫކަސް ސަރުކާރުން އިސްތިއުފާ ދީފިއެވެ.
އޭނާ މިކަން ހާމަކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުވި ސިޓީގައި ބުނީ ސަރުކާރުގައި މަސައްކަތް ކުރުމުގަައި ފުރުސަތު ލިބުމަކީ ލިބުނު ތަޖުރިބާއެއް ކަމަށެވެ.
އަދި ރައީސް ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދަކުރާ ކަމަށެވެ.
ލޫކަސް ހުންނެވީ ހެރިޓޭޖު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެޓަރުގެ މަގާމުގައެވެ. ކުރީ ސަރުކާރުގެ ދުވަސްވަރު، އެމްޑީޕީއަށް ތާއީދުކޮށް ވަރުގަދަޔަށް އޭނާ ކެމްޕެއިން ކުރި ނަމަވެސް ފާއިތުވި ދެތިން އަހަރު އޭނާ މީސް މީޑިއާގައި ސަރުކާރު ޕްރޮމޯޓް ކުރާ މަންޒަރެއް ނުފެނެއެވެ.
