ޝިޔާމް އެގޮތަށް ވިދާޅުވީ ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރިކަމަށް ތުހުމަތުވާ އަހްމަދު ކްރިކް ރިޒާ އަށް ކުރާ ދައުވާ އަނބުރާ ފޮނުވާލަން ކްރިމިނަލް ކޯޓުން ނިންމައި ކުރީގެ ރައީސް އޔާމީންއާ ދެކޮޅަށް ކުރާ ޝަރީއަތް އަވަހަށް ކުރިއަށް ގެންދަން ނިންމުމުންނެވެ.
ޝިޔާމް ވިދާޅުވީ ގޮތް ހުސްވެގެން އުޅެނީ ހަމައެކަނި ޕީޖީ އޮފީހުން އެކަނި ނޫން ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި މުޅި ދައުލަތް ވެސް މިހާރު ގޮތް ހުސްވެފައިވާ ކަމަށެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހު މާބޮޑަށް އެކަނިވެރިވެ މި ވެރިކަން ވެސް ނިމެން ކައިރިވެއްޖެ ކަމަށެވެ.
”ނާއިންސާފުވެރިކަމާ އަނިޔާވެރިކަން ކުރިޔަށްނެރެގެން ވާނެ މޮޅެއް ނޯންނާނެ. ސިޔާސީ މަޤުޞަދު ޙާސިލްކުރުމަށް އަނިޔާދިނުމަށް ޤާނޫނާ ޚިލާފަށްކުރާ ކަންކަން އެކަންކަން ކުރާ ފަރާތްތަކާ އަރާ ހަމަކުރާނެ.“ ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޔާމީންއަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ކުރިއަށްދާއިރު، އެމަނިކުފާނު މިނިވަންވެވަޑައިގެންފިނަމަ އިތުރު ހުކުމެއް އިއްވަން ދައުލަތުން މަސައްކަތް ކުރާ ކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.
