މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ރީބްރޭންޑްކޮށް ކުންފުނީގެ އާ ލޯގޯ އާއި ކުލަ އަދި ބްރޭންޑިން ރޭ ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
މިއީ އެމްޕީއެލްގެ 36 އަހަރުގެ ތާރީޚްގައި އެ ކުންފުނި ރީބްރޭންޑްކުރި ފުރަތަމަ ފަހަރެވެ.
ކުރިން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ)ގެ ނަމުގައި ހިންގުމަށްފަހު 2008 ވަނަ އަހަރު އެމްޕީއޭ ކޯޕަރަޓައިޒްކޮށް ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުވިއެވެ.
އެކަމަކު މިހާތަނަށް އެމްޕީއެލް އިން ވެސް ބޭނުންކުރަމުން އައީ މީގެ 27 ވަރަކަށް އަހަރުކުރިން އެމްޕީއޭ އިން ބޭނުންކުރި ލޯގޯއެވެ.
