އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމާ ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ނާޒިނާ ސުވާލެއް ކުރަން ބޭނުން މީހުން، ”9497878“ ފޯނަށްއެމްއެސްއެމް އާއި ވީޑިއޯ މެސެޖާއި ކިއުއާރުކޯޑް ބޭނުން ކޮށްގެން ސުވާލު ހުށަހެޅޭނެއެވެ. އަދި ގޫގްލް ފޯމެއް މެދުވެރިކޮށް ވެސް ސުވާލު ކުރެވޭނެ ކަމަށް އެމްއެންޕީން ހާމަކުރެއެވެ.

ނާޒިމަށް މީހުން ހުށަހަޅާ ސުވާލަތަކަށް ނާޒިމް ޖަވާބު ދެއްވާނެއެވެ.

މިއީ ނާޒިމް ރިޔާސީ ރޭހަށް ނުކުންނަވާ ފުރަތަމަ ފަހަރެވެ.