މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފައްޓަވައިފައިވާ ދަތުރުފުޅުގެ ތެރެއިން، މިއަދު މ.ކޮޅުފުއްޓަށް ވަޑައިގެންފިއެވެ.

ރައީސްގެ ކެމްޕެއިން ޓީމުން މައުލޫމާތުދޭ ގޮތުގައި މ އަތޮޅުން ރައީސް ވަޑައިގަންނަވާނީ، އެ އަތޮޅު ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކަށެވެ. އަދި އެއަށްފަހު ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހު ވަނީ ށ. އަތޮޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރު ކުރައްވައިފައެވެ. އަދި ވެރިރަށް މާލޭގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދަވައިފައިވެއެވެ.