ވ. ރަކީދޫގައި މި ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން ނިމިފައިވާ މަޝްރޫއުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެއްވައިފިއެވެ.
ރިޔާސީ ކެމްޕޭނަށް ރައީސް ސޯލިހު ވ. ރަކީދޫއަށް ވަޑައިގެންނެވިއިރު އެމަނިކުފާނު ވަނީ އެރަށުގައި ހިންގާފައިވާ މަޝްރޫތަކުގެ ތެރެއިން ނިމިފައިވާ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވާފައެވެ.
އެގޮތުން ވ.ރަކީދޫ ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.
ރައީސް ސޯލިހް ކެމްޕޭނަށް ރަކީދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ރައީސް ސޯލިހަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ރައީސް ކެމްޕޭނުގައި ހޮނިހިރު އަދި އާދީއްތަ ދުވަހު އުޅުއްވީ މ. އަތޮޅުގެ ރަށްތަކުގައެވެ.
