އެމްޑީޕީގެ ޗެއާޕާސަންއަކަށް ހުންނަވަންވާނީ އާންމު މެންބަރުންނާ ޒާތީނުވެ ޕާޓީގެ މެމްބަރުންނާއެކު އުޅެވޭނެ ބޭފުޅެއް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

Ads by Asuru

”އަދަދު“ ނޫހުން މިއަދު ޝާއިއު ކުރި ލިޔުމަކާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވީ ރަނިންމޭޓް ކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އަދި ކޮންމެވެސް ސަބަބަކާހުރެ އެ ވާހަކަތައް ދައްކަވަމުން ދަނީ މޫސާ މަނިކު ކަމަށާއި، އެއީ ވަރަށް ދެރަކަމެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މޫސަ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންއަކަށް ހުންނަވަންވާނީ އާންމު މެންބަރުންނާ ޒާތީނުވެ ޕާޓީގެ މެމްބަރުންނާއެކު އުޅެވޭނެ ބޭފުޅެއް ކަމަށާއި ނޫސްވެރިންގެ އާޓިކަލްތަކުގެ ސަބަބުން އާންމު ތަންތަނުގައި އޭނާއާ ދިމާކުރުމަކީ ފަޔާ ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ކަނޑައެޅިގެން ދޮގުވާހަކަ ނުފެތުރުމަށް ވެސް މޫސަ ވަނީ ގޮވާލައްވައިފައެވެ.