ތަރައްޤީ ގެނެވޭނީ ތަސައްވަރެއް އޮވެގެން ކަމަށާއި ހަމައެކަނި މާދަމާ ފެންނަ މީހަކަށް ތަރައްގީއެއް ނުގެނެވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީީސް މިހެން ވިދާޅުވީ، ހއ. ހޯރަފުށީގައި ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް މިއަދު ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި އެމަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކުން ތަރައްގީގެ ބަދަލުތައް ފެނިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ތަރައްްގީ އަކީ މިހާރު އޮތް ހިސާބުން އެހެން ހިސާބަކަށް ބަދަލުކޮށްލާ އެއްޗެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ވޭތުވެދިޔަ 70 އަހަރު ހޯރަފުއްޓަށް މާބޮޑު ކަމެއް ކޮށްދީފައި ނެތް ނަމަވެސް މި 5 އަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ހޯރަފުއްޓަށް ކޮށްދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގޫ ގެނެވޭނީ ތަސައްވަރެއް އޮވެގެން ކަމަށާއި މާދަމާ އެކަނި ފެންނަ މީހަކަށް އެކަން ނުކުރެވޭނެ ކަމަށެވެ.