އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި، ކުޑަކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ ބައެއް ނަގައިފިއެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުޙައްމަދު ޢަލީ، މިކަން ހާމަކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހޮސްޕިޓަލުގެ ދަ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރެޓޮރީ މެޑިސިން ޓީމުން ކުއްޖެއްގެ ފުއްޕާމޭގެ ކަނާއަތު ފަޅިން ކުޅެން ގުންގުޅޭ ސޮފްޓް ޓޯއީ އެއްގެ އަޑު ގޮވާ ބައި ނަގާފައިވާ ކަމަށެވެ.

ހާދިސާ ހިނގި ކަމަށް ލަފާކުރެވޭ ގޮތް ހާމަކުރައްވައި ޑޮކްޓަރު ވިދާޅުވީ، އެ ކުއްޖާ އުޅުނީ އޭތި ދެ ތުންފަތް ދޭތެރޭގައި ބާއްވައިގެން ފުމުމުން އަޑު ގޮވާތީ، އޭނާގެ ކޮއްކޮއަށް އެ މަންޒަރު ދައްކަން ކަމުގައި ބެލެވޭ ކަމަށެވެ.

އެހެން ނަމަވެސް އެކަން ބިރުވެރި ހާދިސާއަކަށްވެ، ނޭގުމެއްގެ ތެރެއިން އެ ކުއްޖާއަށް އޭތި ދިރުވައކލެވުނީ ކަމަށް ވެސް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

އަދި ބެލެވޭ ގޮތުގައި އެ ހާދިސާ ހިނގީ އޭގެން އަޑު ގޮއްވަން ފުމެއް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ޑޮކްޓަރ ވަނީ ރާއްޖޭގައި މިފަދަ ހާދިސާތައް ހިނގާކަން ފާހަގަކުރައްވައިފިއެވެ.