އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފުގެ ބައްޕަ އަބްދުއްލަތީފް (ކަޅުބެ) ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

އުމަރު އިއްޔެ ވަނީ ކަޅުބެ ޢަބްދުއްލަތީފްގެ ގެއަށް ޒިޔާރަތް ކުރައްވައިފައެވެ.
ދެބޭފުޅުން ދެއްކެވި ވާހަކައިގައި މި ސަރުކާރުގައި ދީނަށް ފުރައްސާރަ ކުރުން ފަދަ ކަންކަމާއި، ކޮރަޕްޝަންގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރު ވެފައިވާކަން ފާހަގަކުރެއްވިއެވެ.

ކަޅުބެ އަބްދުއްލަތީފް, އުމަރަށް ތާއީދުކުރައްވަން ނިންމެވިއިރު ޑރ.އިޔާޒު ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ގެނައުމަށް ކެމްޕެއިން ކުރައްވަމުންނެވެ.