ޖުމްހޫރީ މައިދާނުގައި އަޑު އުފުލި، ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ހައްޔަރު ކޮށްފިއެވެ.
މިގޮތުން ޕީއެންސީގެ ނައިބު ރައީސް، އަދި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރާއި، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢުއާއި، ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤް ވެސް ހައްޔަރު ކުރިއެވެ.
ލީޑަރޝިޕުން މީޑިއާއާއި ވާހަކަ ދައްކަވައި، ކަންބޮޑުވުންތައް ހިއްސާ ކުރަމުން ދަނިކޮށް ފުލުހުން އައިސް ވަނީ މީޑިއާތައް ދުރަށް ޖައްސަން މަސައްކަތްކޮށްފައެވެ.
އެއަށްފަހު އެތަނުގައި ތިބި ފަރާތްތައް ވަނީ ފުލުހުންގެ ޖިޕަށް އަރުވައިގެން ގެންގޮސްފައެވެ.
