ނައިބު ރައީސް ފައިސަލް ނަސީމަކީ އިތުބާރު ކުރެވޭ ބޭފުޅެއް ކަމަށާއި، ރަހްމަތްތެރިއެއް ގޮތުގައިވެސް ރަނގަޅު ބޭފުޅެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނައިބް ރައީސް ފައިސަލް ނަސީމަށް 50 އަހަރު ފުރުމާ ގުޅިގެން، އެކަން ފާހަގަކުރުމަށް އެމަނިކުފާނުގެ ހަޔާތްޕުޅުގެ މުހިއްމު ކަންކަން ހިމެނޭ ގޮތަށް ނެރުނު ބަޔޯގްރަފީގައެވެ.
ރައީސް ވިދާޅުވީ ފައިސަލް އަކީ ހަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއް ވެސް ވަރަށް ފަރުވާތެރިކަމާއި ތެދުވެރިކަމާ އެކު ކުރައްވާ ބޭފުޅެއް ކަމަށެވެ.
އަދި އެއީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ތެދުވެރި ބޭފުޅެއް ކަމަށާއި، ރަހުމަތްތެރިއެއްގެ ގޮތުގައި ބަލައިގަންނަން ވެސް ވަރަށް ރަނގަޅު އެކުވެރިއެއް ކަމަށެވެ.
ރައީސްގެ ތައުރީފު ފައިސަލް އަށް ބަންޑުންކޮށްލާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސްގެ ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަން ފައިސަލް މިއަދު ވަނީ ފާޅުކުރައްވާފައެވެ.
