އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ އިސް މޭސްތިރިޔާ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސިންގަޕޫރުން ސިއްހީ ފަރުވާ ހޯއްދަވަން ދިން މުއްދަތު އިތުރުކުރުމަށް ހުށަހަޅައިފިއެވެ.

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްއިން ބުނި ގޮތުގައި އަދީބު ސިންގަޕޫރަށް ވަޑައިގަތީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވާށެވެ.

އެގޮތުން އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ކަރެކްޝަނުން އަދީބުގެ ބޭސްފަރުވާ އަށް ދިނީ 10 ދުވަހެވެ.

އެ މުއްދަތު މިހާރު ހަމަވެފައިވާއިރު ކަރެކްޝަނުން ބުނީ އަދީބަށް ދިން މުއްދަތު އިތުރުކުރުމަށް ކަމާގުޅޭ ލިޔުންތަކާއެކު ހުށަހަޅާފައިވާ ކަމަށެވެ. އެ ގޮތުން މެޑިކަލް ބޯޑުން އެ ލިޔުންތައް ދިރާސާކުރަމުން އަންނަ ކަމަށާއި އެއަށްފަހު އެކަމަށް ގޮތެއް ނިންމާނެ ކަމަށެވެ.