މާލޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަންހެނެއްގެ މޫނު ފިހިއްޖެއެވެ.

މިކަމުގެ މައުލޫމާތު މީޑިއާއަށްދެމުން އެމްއެންޑީއެފުން ބުނެފައިވަނީ މ.ދިލީވިލާގައި، ގޭސްފުޅިއެއް ގޮވިކަމުގެ މަޢުލޫމާތު ލިބިގެން ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވެފައިވާކަމަށެވެ.

“ގޭސް ލީކުވެފައި ހުއްޓާ ރޯކުރުމުން ކަމަށް ބެލެވެނީ” އެމްއެންޑީއެފުން ބުނެފައިވެއެވެ.

އުނދުން ރޯކުރި އަންހެން މީހާގެ މޫނު ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް ބުނެފައިވެއެވެ.