އޭނާ ޖާމިނުކޮށް ހައްޔަރުކުރުމަށްފަހު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން ދޫކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު(ޓޮމް) އެދިވަޑައިގެންފިއެވެ.

ތޯރިގު މިއަދު ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރު ވުމަށް ޗިޓެއް ލިބިފައިވާކަމަށެވެ. އަދި އެ ޗިޓުގައިވާ ގޮތަށް މިހާރު މިދަނީ ފުލުސް އޮފީހަށް ހާޒިރުވުމަށް ކަމަށް ވިދާޅުވިއެވެ.

ޓޮމް ފުލުހަށް ރުކުރަނީ މިމަހުގެ 20 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ މައިދާނަށް އެއްވުމާ ގުޅިގެންނެވެ.

ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ޖުމްހޫރީ މައިދާނަށް އެއްވީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލުމާއެކު ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރެވޭނެ ގޮތް ހޯދައިދޭން ވަކާލާތު ކުރެއްވުމަށެވެ.

ޓޮމް ވަނީ އޭނާ ހައްޔަރުކުރުމަށްފަހު ރައީސް ޔާމީން ދޫކޮށްލުމަށް އެދިވަޑައިގެންފައެވެ.