ށ.ފުނަދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
މިކަން ހާމަކޮށް ހެލްތު މިނިސްޓްރީން މިއަދު ބުނީ އިއްޔެ ހަވީރު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ށ. ފުނަދޫ ހޮސްޕިޓަލު އިމާރާތް ކުރުން ސިޓްރާމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ފްލެޒިންކް ފްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މި މަސައްކަތުގެ ޖުމްލަ އަގަކީ 135,877,224.39ރ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި މަސައްކަތް ސިޓްރާމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ފްލެޒިންކް ފްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ހަވާލު ކުރާ ގޮތަށް ކަމަށެވެ.