ލައިގެން އުޅޭ ހެދުމުގައި ގަލަމު ދެލި ހޭކުމަކީ މަދުން ނަމަވެސް ދިމާވާ މައްސަލައެކެެވެ.

Ads by Asuru

އެންމެ ކަމުދާ، ނޫންނަމަ، އެންމެ ލާހިތްވާ ހެދުމުގައި ގަލަމުގެ ދެލި ހޭކިއްޖެނަމަ، ކޮންމެ މީހަކުވެސް ދެރަވާނެކަން ޔަގީނެވެ. މިއޮތީ ތިޔަ ކަމަށް ހައްލެކެވެ.

ހެދުމުގައި ގަލަމު ދެލި ހޭކުނަސް، ވަރަށް ފަސޭހައިން ފިލުވައިލެވޭނެއެވެ.

ގަލަމު ދެލި ހޭކުނު ހިސާބުގައި ކޮލްގެޓް ދަތް އުނގުޅާ ބޭސް ފުޅިން އެތިކޮޅެއް ހާކައިލާށެވެ. އެއަށްފަހު އޭގެ މައްޗަށް ލުނބޯ ހުތްކޮޅެއް އެޅުމަށް ފަހު، ކުޑަ ބޭކިން ސޮޑާ ކޮޅެއް އަޅާށެވެ.

އެއަށްފަހު ބުރުހެއް ކަހަލަ އެއްޗަކުން، ދެލި ފިލުވުމަށްޓަކައި އުނގުޅާލާށެވެ. އަދި ފެނުން ދޮވެލާށެވެ.