ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މުޅިން އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ސަލާހުއްދީން ސުކޫލްގައި ދިރާސީ އާ އަހަރާ އެކު އެއްދަންފަޅިއަށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ސަލާހުއްދީން ސްކޫލުން ޖާގަ ދީފައިވާ ދަރިވަރުންގެ ބެލެނިވެރިންނާ އެކު ރެހެންދި ސްކޫލުގައި މިނިސްޓަރު ރޭގެ ވަގުތެއްގައި ބޭއްވި ބައްދަލުވުމުގައި ވަނީ ސްކޫލުގައި ކިޔެވުން ކުރިއަށް ގެންދާނެ ގޮތާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ސަލާހުއްދީން ސްކޫލުގައި ކިޔެވުން ފެށުމަށް ހަމަޖައްސާފައިވަނީ 44 ކުލާސްރޫމެއްގައި އެއްދަންފަޅި އަށެވެ.

އެ ސްކޫލުން ޖާގަ ދީފައިވަނީ 1،200 ދަރިވަރުންނަށެވެ.