ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ހުށަހަޅަން ޖެހޭ ކެނޑިޑެސީ ފޯމުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
އެ ޕާޓީން މިއަދު ބުނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގައި އެމަނިކުފާނު ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި އެ ލިޔެކިޔުންތައް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް އަނބުރާ ޕާޓީ އޮފީހަށް ލިބިފައިވާ ކަމަށެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ އޮގަސްޓުމަހުގެ ހަތް ވަނަ ދުވަހަށެވެ.
