ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ސަރުކާރުން ދިން ހުއްދައިގެ މުއްދަތު އޮގަސްޓު 28 އާ ހަމައަށް އިތުރުކޮށްފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަޅް ސަރވިސްއިން ބުނެފިއެވެ.

ކަރެކްޝަނަލް ސާވިސަސް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މުއްދަތު އިތުރުކޮށްދޭން އަދީބު އެދިފައިވާތީ، އަންނަ މަހުގެ 28 އާއި ހަމައަށް އެ ގޮތަށް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

ކަރެކްޝަންސްއިން އިތުރަށް ބުނީ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެފައިވާ އަދީބަށް އަދީބު ރާއްޖޭން ބޭރަށް ފޮނުވީ އޭނާ އަނބުރާ ރާއްޖެއަށް ގެނެވޭނެކަން ކަށަވަރުކޮށްފައި ކަމަށެވެ. އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވާ އިރު އޭނާގެ އަރިހުގައި ސެކިއުރިޓީ އޮފިސަރުން ވެސް ދާނެ ކަމަށް ބުންޏެވެ.

އަދީބު ރާއްޖޭން ބޭރަށް ފޮނުވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުމުން ދީފައިވާ ކަމަށް ބުނެއެވެ.