މި ތަކެތި އަތުލައިގަތީ ސަފާރީއަކުން ވާދުއަށް ހުއްދަނެތި ބަނގުރާ އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި އިއްޔެ އެ ރަށުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.
ވާދޫ ޕޮލިސް ޑެސްކާއި އަލިފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 455 ފުޅި ބަނގުރާ އަދި 52 ދަޅު ބަނގުރާ އެ ސަފާރީން ވަނީ ހޯދައިފައެވެ.
އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަލިފުށި ޕޮލިސް ސްޓޭޝަނުން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
