މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އެ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ނުކުންނަވާ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަންގާރަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވީ ފާރިސް އެކަންޏެވެ.
އެމްއާރުއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕްރައިމަރީ އަށް އެއް ބޭފުޅަކު ކުރިމަތިލައްވައިފި ނަމަ، އެ ބޭފުޅަކު އޮޓަމެޓިކުން ހޮވޭނެއެވެ.
ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދަވާފައިވާ އެމްއާރްއެމްގެ ޕްރައިމަރީ އަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް ބެލެވިފައި އޮތީ ވެސް ފާރިސް އެކަންޏެވެ.
ޕްރައިމަރީއަށް ހުޅުވާލުމުގެ ކުރިން އޭނާ ވަނީ އިންތިހާބުގައި ވާދަކުރައްވަން ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ވެސް ފައްޓަވައިފައެވެ.
ރައީސް ސޯލިހުގެ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމަށް އެމްޑީޕީގެ ދެ ވަނަ ދައުރަކަށް ކޯލިޝަން ހަދަން ވެސް އޮތީ ދައުވަތު ދީފައެވެ. ނަމަވެސް އެމްޑީޕީއާ އެކު ދެ ވަނަ ދައުރެއްގައި ކޯލިޝަން ނުހަދާނެކަން އެމްއާރުއެމުން މިއަދު ވަނީ އިއުލާނުކޮށްފައެވެ.

ހާދަހާފޯރީއެއް އެބަހުއްޓޭދޯ ވެރިކަމައް ބަޔަކު ދަހިވެތިވެފާ ތިބަވަރު އަދި މިފެންނަނީ ހަމަ ކިރިޔާ ތިންހާސް މީހުން ހަމަ ނުވާ އުވާލުމައް ހުޝަހަޅާފައިވާ ޕާޓީއެއްގެ ތެރެއިން މިނިކުންނަނީ ވެރިކަމައް ވެފައިވާ ދަހިވެތިކަންބޮޑުވެގެން ހަމަނިދި ނުލިބިގެންނޯ ޔާﷲ މިފަދަ މީހުން ނެތިކުރައްވާށި އާމީން