ޖަމިއްޔަތުއްސަލަފް އުވާލަން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސަލަފް ޖަމިއްޔާ ހިމެނޭހެން 1989 ޖަމިއްޔާއެއް އުވާލަން ނިންމާފައިވާ ކަމަށެވެ.
އުވާލަން ނިންމި ޖަމިއްޔާތަކަކީ މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާ ޖަމިއްޔާތަކެވެ.
އަދި އެޖަމިއްޔާތަކަކީ ހިންގާ ކޮމެޓީ ވެސް ރަޖިސްޓްރީ ކޮށްފައި ނުވާ ޖަމިއްޔާތައް ކަމަށް ވެސް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ޖަމިއްޔާތަކުގެ ތެރެއިން އެ ޖަމްޢިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދި ޤާނޫނު ނަންބަރުގެ 70 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ޖަމްޢިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް އޮންނާނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.