މިނިވަން ދުވަހާ ގުޅިގެން ދިވެހިންގެ އުފެއްދުންތައް ވިއްކުމަށް ހާއްސަ ޑިސްކައުންޓާއެކު މޫލީގެ ”މިނިވަން ސޭލް“ ފަށައިފިއެވެ.
މި ސޭލުން ތަކެތި، މާހީ މަހީ ބުކްސް، ޕެޕާ ޑޮޓްސް، ކައިޝީ އަދި ލުއިކާނާ ފަދަ ބްރޭންޑްތަކުން ހާއްސަ ޑިސްކައުންޓާ އެކު މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.
10 ޕަސެންޓްގެ ޑިސްކައުންޓާއެކު ކުރިއަށްދާ ހާއްސަ ސޭލް ކުރިއަށް ދާނީ މި މަހުގެ 31 ވަނަ ދުވަހަށެވެ.
ތަކެތި
މާހީ މާހީ ބުކްސް – ދިވެހި ތައުލީމީ ފޮތްތައް
މާހީ މާހީ ބުކްސް އަކީ ކުޑަކުދިންނަށް ހާއްސަކޮށް ދިވެހި ތައުލީމީ ފޮތްތަކުގެ ހަޒާނާއެއް ގެނެސްދޭ ވިޔަފާރިއެކެވެ. ރާޅެއް ލިބެއިތޯ، ހުރިހާ އެއްޗެއް ހެއްދެވީ ﷲ ފަދަ މަގުބޫލު ފޮތްތައް މާހީ މާހީ އިން ވަނީ 10 ޕަސެންޓުގެ ޑިސްކައުންޓާއެކު މޫލީ މިނިވަން ސޭލްގައި ހިމަނާފައިވެއެވެ. ސޭލް މެދުވެރިކޮށް މާހީ މާހީ ބުކްސް ބައްލަވައިގަތުމަށް https://mool.ee/mahimahibooks ޒިޔާރާތް ކުރާށެވެ.
ޕެޕާ ޑޮޓްސް
ޕެޕާ ޑޮޓްސް އަކީ ކަނޑުއަޑީގެ ދިރުންތަކުން އިންސްޕަޔާވެގެން އަތުގައި އަޅައި ކެވެލި، ކީ ޓެގް، ސޮފްޓް ޓޯއީސް، ޕަޒްލް އަދި ފާރުގައި އަޅުވައި ތެކެތި ފަދަ ހިތްގައިމު ކަލެކްޝަނެއް ނެރެފައިވާ ވިޔަފާރިއެކެވެ. ކޮންމެ އުފެއްދުމަކީ ވެސް ތަފާތު އަދި ދިވެހި ވަންތަކަން ދައްކުވައިދާ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މޫލީ މިނިވަން ސޭލްގައި 10 ޕަސެންޓުގެ ޑިސްކައުންޓާއެކު ދީމާކުރާމާ ގޭމް، މޫދު ޕަޒަލް، ކަމަނާ ޕަޒަލް ފަދަ ޕެޕާ ޑޮޓްސްގެ އުފެއްދުންތައް https://mool.ee/pepperdots މިހާރު ލިބެންހުންނާއެވެ.
ދުޅަހެޔޮ އިސްތަށިގަނޑަކަށް، ކައިޝީ ކާށި ތެޔޮ
ފެންވަރު ރަނގަޅު އަދި ހެޔޮ އަގުގައި ކާށި ތެޔޮ ފޯރުކޮށްދޭ މަޝްހޫރު ދިވެހި ވިޔަފާރި ކަމަށްވާ ކައިޝީގެ ކާށި ތެލަކީ ދުޅަހެޔޮ އިސްތަށިގަނޑާއި ހަމުގެ ރީތިކަން ދެމެހެއްޓުމަށް މަގުބޫލުކަން ހޯދާފައިވާ ތެލެކެވެ. މިހާރު 10 ޕަސެންޓްގެ ޑިސްކައުންޓާއެކު މޫލީ މިނިވަން ސޭލް މެދުވެރިކޮށް https://mool.ee/kaishi ކައިށީގެ ކާށި ތެޔޮ ލިބެން ހުންނާނެއެވެ.
ލުއިކާނާއާއެކު ދިވެހި ރަހަތައް
ދިވެހި ރަހަތައް އުފައްދާ މަޝްހޫރު ކުންފުނި ލުއިކާނާ އިން މޫލީ މިނިވަން ސޭލްގައި އެ ކުންފުނީގެ އުފެއްދުންތަކުން 10 ޕަސެންޓްގެ ހާއްސަ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ. އެގޮތުން ކުދި ގުޅަ، ކުޅި ކަޖާ، އަތުޖެހި، މުރު މުރު، ފޮނި މާ، ބޮނޑި ފަދަ އުފެއްދުންތައް މޫލީ މިނިވަން ސޭލް މެދުވެރިކޮށް https://mool.ee/luikaana ލިބެން ހުންނާނެއެވެ.
މޫލީ މިނިވަން ސޭލް ކުރިއަށްދާނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސޭލުން ދިވެހި އުފެއްދުންތައް ބޭނުންނަމަ https://mool.ee/minivansale ޒިޔާރަތް ކުރާށެވެ.
