މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރްއެމް) ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހަދަން އިންކާރުކުރުމުން ލިބިގެންދިޔަ ގެއްލުމެއް ނެތްކަމަށާއި ލިބިގެންދިޔައީ ފައިދާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފު ކުރައްވައިފައިވާ ޓްވީޓެއްގައި މިހެން ވިދާޅުވީ، އެމްއާރްއެމްއިން ރައީސް ޞާލިހުގެ ކޯލިޝަން ދައުވަތަށް އިންކާރުކޮށް، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ޕާޓީގެ ރައީސް ފާރިސް މައުމޫން ފޯމު ހުށަހެޅުއްވުމުންނެވެ.
ޝަރީފްވަނީ އެކަމުގެ ސަބަބުން އެމްޑީޕީއަށް ގެއްލުންތަކެއް ލިބުމުގެ ފުރުސަތެއް ނެތްކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްއާރްއެމްއަކީ އެމްޑީޕީ ޖެހިލުންވެގެން ހާސްވާވަރުގެ ބޮޑު ސިޔާސީ ޕާޓީއެއް ނޫންކަމަށާއި، އެ ތިންހާސް މެމްބަރުން ކޯލިޝަންގެ ތެރޭގައި އޮތްއިރުވެސް ސަރުކާރަށް ޖެއްސުންކުރީ ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ ކޯލިޝަންގައި އެ ޕާޓީ ހިމެނުމަށްވުރެ ނުހިމެނިދިއުމަކީ ހާސްތަނުން ރަނގަޅު ކަމެއްކަމަށް ވިދާޅުވިއެވެ.
