ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެސް ފިތިގެން ދިޔަ ކަމަށާއި އެކަމަކު އެވަގުތު ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގައިކޮޅުން އައީ މާމުއި ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ސިޔާމް ވިދާޅުވީ ކޮވިޑް-19 ގެ ވަބާ ރާއްޖެ އަށް އައުމާ ގުޅިގެން ތިމަންނަމެންގެ ދުވަސް ދަނީ ކަމަށް ވިދާޅުވެ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން އުންމީދު ކަނޑާލި ކަމަށެވެ.
ސިޔާމް ވިދާޅުވި ގޮތުގައި އެ ދުވަހު ވެސް ރައީސް ސާލިހު ދެއްވި ޔަގީންކަމަކީ ވިޔަފާރިތައް ހަލާކުވެ، ބަނޑަށް ޖެހި ނޫޅެވޭ ވަރު ވިޔަކަ ނުދޭނެ ކަން ކަމެވެ.
އަދި މުވައްޒަފުންނަށް ދޭނެ ފައިސާ ވެސް ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ސިޔާމް ވިދާޅުވިއެވެ.
އޭރު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވީ ވިސްނުން ތޫނު، ހިކުމަތްތެރި، އަދި އެހާމެ ރައްޔިތުންނަށް އޯގާތެރި ވެރިއެއް. އެ ދުވަހު އަޅުގަނޑުމެން އިންޑަސްޓްރީގައި ތިބި ހުރިހާ އެންމެން ގެންގޮސް ވިދާޅުވީ ތިމަންނަ އިރާދަކުރެއްވިއްޔާ ވިޔަފާރިތައް ހަލާކުވެ، އެންމެން ބަނޑަށް ޖެހި، ނޫޅެވޭ ވަރު ވިޔަކަ ނުދޭނަމޭ.” ސިޔާމް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ވިސްނުންތެރި އަމަލުތައް ނެތް ނަމަ، ރާއްޖޭގައި މިއަދު ފަތުރުވެރިކަމެއް ނޯންނާނެ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

އިބޫފިތުމުން އައީ ސަންޝިޔާމު ދިވެހި ދައުލަތް ގެރެންޓީ ކޮށްފަ ދިން ދަރނި. ލަދު ހަޔާތް ކުޑަކަން.
މިސިޔާމް އަށް ނޭގުނު ވަގުންގެ ފަހަތުން ދުވާނީ ވަގުން ކަމެއް ، އޭނަގެ މުއައްޒަފުންނަށް ހަރާމް ކޯރުވާ މީހެއް
ވަގު އިބޫ ފިތުމުން ނުކުތީ މަސްތުވާތަކެތި
އޭ އޭ ކަލޯ ސިޔާމް ! ސަރުކާަރުން ނެގި ލާރި ބޮޑި ފޮރުވުމަށް ކުރި ވައްކަންތަށް ފޮރުވަން އޮޅުވާލުންތައް ސިއްރު ކުރުމަށް މޮޔަ ވަގު އިބޫ ގެ ބޮލުގައި ތެޔް ގޯނި އަޅުވަނޮ ވެގެން ކިޔޭ ނުކިޔޭ އެއްަތެއްވެސް ނޭގޭ ،،