ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެންސީ ފޯމު، މިއަދު އިލެކްޝަންސް ކޮމިޝަން(އީީސީ)އަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ރައީސް ޔާމީން އެމަނިކުފާނުގެ ކެނޑިޑެސީ ފޯމުގައި ސޮއި ކުރައްވާފައި ވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
ޕީޕީއެމްއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިއަދު ހެނދުނު 10:00 ގައި ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު ހުށަހަޅާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކެނޑިޑޭޓުންގެ ކެންޑިޑެންސީ ފޯމުގެ ޖަވާބު, ފޯމު ހުށަހަޅާ ދުވަހު ދިނުމަށް މަސައްކަތް ކުރާނެ ކަމުގައެވެ.
ވ.އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު, އެ މައްސަލައިގެ އަޑުއެހުންތައް މަޑު ޖައްސައިލައިފައިވާތީ އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މީ މިޔަދު ސިޔާސީ މަސްރަހުގައި އެންމެ ބާރަށް އެންމެ ވަރު ގަދައަށް ދައުރުވާ އެއްވާކައަށް ނުވަތަ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާ ވާހަކަ ކަމެކޭ ބުން ދޮގަކަށްނުވާނެއެވެ. ކޮންމެ ބަޔަކުވެސް އެބަޔަކަށް ފެންނަ އެއްޗެއް ބުނަމުންދަނީއެވެ. ހަޤީގަތަކީ އެއްވެސް މީހަކަށް އެމީހަކު ބޭނުން ގޮތަކަށް އެމީހަކަށް އުޅެވެން ނެތުމެވެ. ކޮންމެ ތަނެއްގައިވެސް ކޮންމެ ޤައުމެއްގައިވެސް ޤާނޫނުތަކާއި ގަވާއިދުތައް މީހުން އަމަލުކުރުމަށްވަނީ ހަދާފައެވެ. އަދި ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން އެކަމެއް ކަނޑައަޅާފައި ނުވާ ހިނދަކު ދެން ޢަމަލު ކުރަނީ އެކަމަކަށް ޤާނޫނެއް ނުވަތަ ޤަވާއިދެއް ހެދެންދެން އެންމެ މަތީ ކޯޓް_(ސްޕްރިމް ކޯޓުން) ނިމާފައިވާ ނިންމުމަށެވެ.
ރައީސުލް ޖުމުހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަށްވަނީ ޤާނޫނު އަސާސީގެ 109 މާއްދާގައި ބުނެދީފައެވެ. އެ މާއްދާގެ (ޅ) އާއި (ކ)ގައި ”ކުށެއް ސާބިތު ވެފައިވާ މީހަކަށް ނުވުން“ މިހެން ލިޔެފައި އޮވެއެވެ. ނަމަވެސް ”ކުށެއް ސާބިތުވުމަކީ“ ކޮބާކަން ޤާނޫނު އަސާސީގައި ބަޔާންކޮށްދީފައެއް ނުވެއެވެ. ދެން ބަލަންޖެހެނީ ޤާނޫނު އަސާސީގެ ދަށުން ހެދި ފައިވާ ޤާނޫނުތަކަށެވެ. އެގޮތުން ފުރަތަމަ ޤާނޫނަކީ“ 2008/12 ރިޔާސީ އިންތިހާބުގެ“ ޤާނޫނެވެ. މިގާނޫނުގެ 7ވަނަ މާއްދާގެ (ހ) ގައި ބުނެދީފައިވަނީ ޤާނޫނު އަސާސީގެ 109 މާއްދާގައި ބުނެދީފަވާކަންކަން ފުރިހަމަވެފައި ހުރުންކަމުގައެވެ. އަދިވެސް އެބުނާ ”ކުށެއް ސާބިތުވުމަކީ“ ކޮބާކަން މި ޤާނޫނުގައިވެސް ބުނެދީފައެއް ނުވެއެވެ. އަނެއްކާވެސް ބަލަން މިޖެހެނީ އެއާއި ބެހޭ ގޮތުން ހެދިފާވާ ޤަވާއިދު ތަކަށެވެ. ގަވާއިދު ނަންބަރު: 2023/R-120 ރިޔާސީ އިންތިހާބު ޤަވާއިދު 2023 މިގަވާއިދުގައި ކެނޑިޑޭޓާބެހޭ އެއްވެސް ޝަރުތެއް ބުނެދީފައިވެސް ނުވެއެވެ. ދެން އޮތީ ”ގަވާއިދު ނަންބަރު: 48-R/2020 އިންތިޚާބުތަކާބެހޭ އާންމު ގަވާއިދުގެ 12ވަނަ މާއްދާގައިވެސް ރައީސުލް ޖުމުހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަށް ދޫކޮށްލާފައި އޮތީ ގާނޫނު އަސާސީ އާއި އެކަމާގުޅޭގޮތުން ހެދިފާވާ ޤަވައިދުތަކުގައި ބުނެދީފައިވާ ގޮތަށް އަމަލުކުރުން ކަމަށް ބުނެފައެވެ. މި ޤަވާއިދުން ވެސް އެބުނާ ”ކުށެއް ސާބިތުވުމަކީ“ ކޮބާކަން ސާފެއްނުވެ. ”ކުށެއް ސާބިތު ވެފައިވާ މީހަކީ ކޮބައިކަން އެއްވެސް ޤާނޫނަކުން ނުވަތަ ޤަވާއިދެއްގައި ބުނެދީފައި ނެތުމުން ސްޕްރިމް ކޯޓުގެ ޤަޞިއްޔާ ނަބަރ: 2019/SC-A/75ގެ 23ވަނަ މާއްދާގައި ކުށެއް ޝާބިތު ވެފައިވާ މީހަކީ ކޮބައިކަންވަނީ ވަރަށް ސާފުކޮށް އޮޅުމެއް ނާރާފަދަ އިބާރާތަކުން ބުނެދީފައެވެ. އެއީ ކޯޓަކުން ކުރި ހުކުމެއް މީހެއްގެ މައްޗަށް އައިސްފައިވާކަމަށް ބެލެވޭނީ އެ ކޯޓަކުން ކުރި ހުކުމެއް އެއީ އިސްތިޢުނާފު މުއްދަތުތައް ފަހަނައަޅައި ދިއުމަށްފަހު ނިހާއީ ޙުކުމަކަށްވާ ފަހުންކަމުގައެވެ.
ޖިނާޢީ ހުކުމެއް ނިހާއީވާ ތިން ސަބަބު:
1- ހުކުމުގަ ހުއްޓާ މީހާ ނިޔާވުން
2- އިސްތިޢުނާފު މުއްދަތު ހަމަވުން
3- ސްޕްރިމް ކޯޓުން ނިޔާކަނޑަ އެޅުން
• ދެން އޮތް އެންމެ ބޮޑުސުވާލަކީ އޭރު ނަސީދުއަށް ކުރިމަތި ނުލެވުނީ ކީއްވެތޯ؟
ޖ. އޭރު ރިޔާސީ އިންތިހާބު އޮތީ 2018ގައެވެ. މިގަޟިއްޔާއިން ކުށް ޝާބިތުވެ ހުކުމެއް އައިސްފައިވާ މީހެއްކަމަށް ކަނޑައަޅާ ފައިވަނީ2019ގައެވެ.