އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ބަހައްޓަން އިއުލާނު ކޮށްފައިވާ ރިސޯޓުތަކުގެ އިތުރުން ބައެއް ރިސޯޓުތަކުގައި ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން ނިންމައިފިއެވެ.
އީސީއިން ބުނީ ސެންޓާރާ ރަސްފުށި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް(ކ.ގިރާވަރު), ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް (އދ.މައްޗައްފުށި), ފަރި ކެމްޕަސް މޯލްޑިވްސް އަދި އަމާރި ރާޔާ މޯލްޑިވްސްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން ވަން އެންޑް އޮންލީ ރީތިރަށުގައި ވޯޓުފޮށި ބެހެއްޓުމަށް ވެސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
އީސީން ކުރިން ނިންމާފައި އޮތީ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި 604 ވޯޓުފޮށި ބަހައްޓާ ގޮތަށެވެ.
މީގެތެރެއިން 13 ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގައެވެ.