ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އިވާ އަށް ބިރު ދައްކާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އީވާއަށް ބިރު ދައްކާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކުރީ މިރޭ 22:34ގައި ކަމަށެވެ.
އަދި މި މީހާ މަޖިލީހުގެ ނާއިބު ރައީސަށް ބިރު ދައްކަމުން ގެންދިޔައީ އެކަމަނާގެ ދަރިފުޅުގެ ފޮޓޯއެއް ޓްވިޓަރގައި ބޭނުންކޮށްގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.
އީވާއަށް ބިރު ދެއްކި މައްސަލާގައި މީހަކު ހައްޔަރުކުރި ނަމަވެސް އެމީހާގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އެނގިފައިވާގޮތުން އީވާގެ ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން ޓްވީޓް ކޮށްފައި ވަނީ ފޭކް އެކައުންޓަކުންނެވެ.
