ޕްލޭނިން މިނިސްޓްރީގެ ނައިބު ފާތިމަތު ނިއުމާ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މަގާމުން އިސްތިއުފާދެއްވީ އިއްޔެގައެވެ. މަގާމުން އިސްތިއުފާ ދެއްވައި، އޭނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި، އޭނާއަށް ދެއްވި ފުރުސަތަށްޓަކައި އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އެމްޑީޕީގެ ސްލޮޓެއްގައި ޕްލޭނިންގ މިނިސްޓްރީގެ ނައިބަކަށް ހުންނެވި ނިއުމާ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މިއަދު ވަނީ ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފައެވެ.
