މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓް އަންނަ ހޮނިހިރު ދުވަހު ރޭ އިއުލާނު ކުރަން ހަމަޖެހިއްޖެއެވެ.
ނާޒިމްގެ ރަނިންމޭޓް އިއުލާނު ކުރާނީ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ބިލަބޮން ހައި ސުކޫލުގެ ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ޖަލްސާއެއްގައި ކަމަަށް އެ ޕާޓީން ބުނެއެވެ.
ދިހަހާސް މެންބަރުންގެ ދަފްތަރެއް އޮންނަ އެމްއެންޕީން، ގިނަ ވައުދުތަކާއިއެކުގައި، އެ ޕާޓީގެ ރިޔާސީ ކެމްޕެއިން ވަނީ ފަށައިފައެވެ.
ކެމްޕެއިނުގައި، ނާޒިމް ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ އެ ރައްޔިތުންގެ ޙިޔާލުތައް ހޯއްދަވާފައެވެ.
