މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އުން ވާދަކުރަން ނިންމާފައިވާ އިރު، ޕާޓީގެ ކެންޑިޑޭޓްގެ ރަނިންމޭޓް ކަނޑައެޅުމުގެ ބާރު، ޕާޓީގެ ލީޑަރަށް ދީފިއެވެ.
ޖޭޕީގެ ލީޑަރަކީ އަދި ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހިމެވެ. ރަނިންމޭޓް ކަނޑައެޅުމުގެ ބާރު ގާސިމް އަށް ދޭން ނިންމީ ޕާޓީގެ 159 ވަނަ ކައުންސިލް ބައްދަލުވުމުގަ އެވެ. އެކަން އެ ޕާޓީން ކަށަވަރުކޮށް ދީފައިވެއެވެ.
ނަމަވެސް އިއްޔެ ބޭއްވި ބައްދަލުވުމުގައި ރަނިންމޭޓް ކަނޑައެޅުމުގެ މަޝްވަރާ ކުރިއަށް ދިޔަ ކަމެއް ޖޭޕީން ކަށަވަރުކޮށް ދީފައެއް ނުވެއެވެ.
އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަމުން އަންނަ އިރު، ގާސިމްގެ ރަނިންމޭޓެއްގެ ވާހަކަ އެ ޕާޓީން އަދި މިހާތަނަށް ރަސްމީކޮށް ނުދައްކައެވެ.