ޕީޕީއެމްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ޕީއެންސީއަށް ސޮއި ކުރަައްވައިފިއެވެ.

މުއިއްޒު ޕީއެންސީއަށް ސޮއި ކުރެއްވީ މިއަދު ހަވީރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ތާވަލް ކުރުމުންނެވެ.

ޕީއެންސީގެ ސެނެޓުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމުގެ ބައްދަލުވުން ތާވަލް ކޮށްފައި ވަނީ މިއަދު ހަވީރު 16:00 އަށެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓަށް، މުއިއްޒުގެ އިތުރުން ދެން ވާދަ ކުރައްވަނީ ޕީއެންސީގެ ޕީޖީ ލީޑަރު، އަދި މަޑުއްވަރި ދާއިރާގެ މެމްބަރު، އާދަމް ޝަރީފު އުމަރެވެ.

ޕީއެންސީން ރިޔާސީ ކެންޑިޑޭޓެއް ނެރެނީ، އެ ޕާޓީ ހިމެނޭ ކޯލިޝަންގެ ލީޑަރު، އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ ލަފާފުޅުގެ މަތިންނެވެ.