ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހީމްގެ ކެމްޕެއިން މެނޭޖަރަކަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު، އަލީ ވަހީދު ހަމަޖައްސައިފިއެވެ.
ގާސިމްގެ ކެމްޕޭން މެނޭޖަރަކަށް އަލީ ވަހީދު ހަމަޖައްސާ އެކަމުގެ ލިޔުން ހަވާލު ކުރީ މިއަދު ޖުމޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ލިޔުން އަލީ ވަހީދާއި ހަވާލުކޮށްދެއްވީ ވެސް ގާސިމްއެވެ.
ގާސިމްގެ ކެމްޕޭން މެނޭޖަރަކަށް އަލީ ވަހީދު ހަމަޖެއްސި އިރު އަދިވެސް ރަނިންމޭޓަށް ވާނެ ބޭފުޅެއް ކަނޑައެއް ނާޅައެވެ.
އަލީ ވަހީދަށް ގާސިމްގެ ކެމްޕޭން މެނޭޖަރުކަން ހަވާލުކޮށްފައި މިވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ސިޔާސީ މަައިދާނުގައި ހަރަކާތްތެރިވާން ފެށުމުންނެވެ.
