ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، ނުވެސް ނިދާނެ ކަމަށާއި، ޗުއްޓީ ވެސް ނުނަންގަވާނެ ކަމަށް އާ ސިޔާސީ ޕާޓީ ”ޑިމޮކްރެޓްސް“ގެ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އޭނާ މިގޮތަށް ވިދާޅުވީ، ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕެއިންގައި  ތ. ތިމަރަފުށީގައި ބޭއްވި ޖަލްސާގައެވެނ

އިލްޔާސް ވިދާޅުވީ ޒުވާނުންނާއެކު މަސައްކަތް ކުރަން ޒުވާން ލީޑަރެއް ބޭނުންވާ ކަމަށާއި ޒުވާނުން ކުރަން ބޭނުންވާ ކަންކަމާއި އެ ކަންކަމުގެ ސްޕީޑް އެނގޭނީ ޒުވާނަކަށް ކަމަށެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ ރޭހަށް ނިކުންނެވީ އެކަން ކުރުމަށް ކަމަށް ވެސް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

”އަޅުގަނޑު ރެއަކުވެސް ނުނިދާނަން، އެންމެ ދުވަހަކު ވެސް ޗުއްޓީއެއް ނުނަގާނަން. 24 ގަޑިއިރު ތިބޭފުޅުންގެ ހިދުމަތުގައި އަޅުގަނޑު މަސައްކަތުގެ ހުންނާނެ ވާހަކަ ޔަގީންކޮށްދެން،“ އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސްގެ ރަނިންމޭޓަކަށް ހަމަޖައްސަނީ، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާއެވެ.